ވިޔަފާރި

ފެން ކުންފުނީގެ އާ ވެބްސައިޓް ތައާރަފުކޮށް، ހައްޖަށް ގެންދާނެ މުވައްޒަފުން ކަނޑައަޅައިފި

Apr 17, 2016

ގައުމީ ފެން ކުންފުނީގެ އާ ވެބްސައިޓް ލޯންޗްކޮށް ހައްޖަށް ގެންދާނެ މުވައްޒަފުން ކަނޑައަޅައިފި އެވެ.

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުސްސީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އާ ވެބްސައިޓް ލޯންޗް ކޮށްދެއްވީ ތިމާވެއްޓާއި ހަކަތަޔާ ބެހޭ މިނިސްޓަރު ތާރިގު އިބްރާހިމް އެވެ.

މި އަހަރު ކުންފުނީގެ ހަރަދުގައި ހައްޖަށް ދާނެ ބައިވެރިއަކު ހޮވާފައިވަނީ ގުރުއަތަކުންނެވެ. އެގޮތުން މި އަހަރު ހައްޖަށް ދިއުމަށް ހޮވިފައިވަނީ ސީނިޔަ އެކައުންޓް އެސިސްޑެންޓް އައިމިނަތު ރަޝީދާ އާއި ސީނިޔަ މެނުފެކްޗަރިން އޮފިސަރު މުސްތަފާ ހަސަން އެވެ.

މި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ކުންފުންޏަށް ލިބޭ ހުރިހާ ވެސް ކާމިޔާބީއަކީ މުވައްޒަފުންގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް އަހަރުގައިވެސް މުވައްޒަފުންގެ މަސައްކަތް އިތުރު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކުންފުންޏަށް ދިގު މުއްދަތެއްގައި ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފައިވެ އެވެ.