ގާނޫނު އަސާސީގެ ދިފާއުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަން ނިންމައިފި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއާ ޖޭޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ތެރެއިން މިރޭ ބޭއްވި ތިން ވަނަ ބައްދަލުވުމުގަ އެވެ.
ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފްވަމުންދާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން އެކަމާ ދެކޮޅަށް ހަރަކާތްތަކެއް ފަށާފައިވާއިރު ރޭ ވެސް ވަނީ އޭގެ ޖަލްސާއެއް ބާއްވައިފަ އެވެ. އެ ހަރަކާތްތަކުގައި މިވަގުތު އަދާލަތު ޕާޓީން ބައިވެރިނުވުމަށް އެ ޕާޓީން ވަނީ ރޭ ނިންމައިފަ އެވެ.