އިކުއެޑޯ އަށް މިއަދު 7.4 މެގްނެޓިއުޑްގައި ގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން 77 މީހުން މިހާތަނަށް މަރުވެއްޖެ އެވެ. މިހާދިސާ އާއި ގުޅިގެން އިކުއިޑޯގެ ހަ ޕްރޮވިންސަކަށްވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިުއލާނުކޮށްފަ އެވެ.
މި ހާދިސާގައި 600 އެއްހާ މީހުންނަށް އެކިވަރުގެ ގެއްލުމާއި އަނިޔާ ލިބިފަ އެވެ. ބިންހެލުމާއި ގުޅިގެން އެގައުމުގެ ބޮޑޫ ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. ބިންހެލުމާއި ގުޅިގެން އިކުއެޑޯ އާއި އެގައުމުގެ ކައިރި ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ދިން ނަމަވެސް މިހާރު ވަނީ ސުނާމީގެ އިންޒާރު ކެންސަލް ކޮށްފައެވެ.
ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތައް ބަނދުކޮށް އެހެން ހިސާބުތަކަށް ވަގުތީ ގޮތުން ބަދަލުވާން އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެމިނިސްޓްރީ އާއި ހަވާލާދީ ރިޕޯޓުތައް ބުނަނީ އެގޮތަށް އެންގީ އަނެއްކާވެސް އެސަރަހައްދުތަކަށް ބިންހެލުމެއް އައުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ނޫޅޭންޏާ 72 ގަޑިއިރު ފަހުން އަނެއްކާވެސް އެސަރަހައްދުތަކަށް މީހުންނަށް ބަދަލުވެވޭނެ ކަމަށެވެ. އިކުއެޑޯގެ ހުރިހާ މޯބައިލް އޮޕަރޭޓަރަކުން ވަނީ ހިލޭ ޓެކްސްޓް މެސެޖް ފޮނުވޭ ގޮތް ހަދާފަ އެވެ.
ބިން ހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ސިފައިންނާ ފުލުހުން ދަނީ ގެއްލިފައިވާ މީހުން ހޯދާ އެހެން އަވަށްތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
1987 ވަނަ އަހަރުވެސް އިކުއެޑޯއަށް ވަނީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. އެހާދިސާގައި ހާހެއްހާ މީހުން މަރުވި އެވެ.