މިސްކިތް

ދެއްވަދޫގެ މިސްކިތުގެ ބިންގާ އަޅައިފި

Apr 18, 2016

ގއ. ދެއްވަދޫގައި އަލަށް ހަދާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު އިއްޒާއި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.

މި މި ސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަސައްކަތަށް ސަރުކާރުން 5.5 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މިސްކިތުގެ މަސައްކަތް ހަވާލު ކުރީ އެސްޖީ ކޮންސްޓްރަކްޝަނާ އެވެ. އެކުންފުނިން އެ މަސައްކަތް ނިންމަންޖެހެނީ 365 ދުވަހުގެ ތެރޭގަ އެވެ.