ދުނިޔެ

އިތިއޮޕިއާގައި ހިނގި ހަމަނުޖެހުމެއްގައި 200 މީހުން މަރާލައިފި

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންތަކެއް މިދިޔަ ހުކުރު ދުވަހު އިތިއޮޕިއާގެ ގަމްބެލާ އަވަށުގައި ހިންގި ހަމަނުޖެހުންތަކެއްގައި 200 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. މި ހަމަނުޖެހުންތަކަށްފަހު އެ ގައުމުން 100 އަށްވުރެ ގިނަ ކުޑަކުދިން ރަހީނުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަދުގެ މެންދުރުފަހާއި ހަމައަށް މަރުވި މީހުންގެ އަދަދު 208 އަށް އަރާފައިވާ ކަމަށެވެ. އަދި 75 މީހުން ޒަހަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނެ އެވެ.

އިތިއޯޕިއާގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ. އަދި ސަލާމަތީ ބާރުތަކުންދަނީ ހަމަލާދިން ހަނގުރާމަވެރިނަށް އަމާޒުކޮށް ހަމަލާތައް ދެމުން ކަމަށާއި އެ ހަމަލާތަކުގައި މިހާރު ވެސް 60 ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ.

މިސަރަހައްދަކީ މީގެ ކުރިންވެސް މިފަދަ ހަމަނުޖެހުންތަކެއް ހިނގާފައިވާ ސަރަހައްދެކެވެ.