ޕީއެސްއެމް

"ބެލްޓް އެންޑް ރޯޑް މީޑިއާ" ޔޫނިއަންގައި ޕީއެސްއެމް ބައިވެރިވެއްޖެ

ގައުމުތަކުގެ މީޑިއާތައް ތަރައްގީ ކުރުމާއި ސަގާފީ ގޮތުން ގުޅުން ބަދަހި ކުރުމަށް ޗައިނާ އިން އުފެއްދި، "ބެލްޓް އެންޑް ރޯޑް މީޑިއާ" ކޯޕަރޭޝަންގައި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް އިން ބައިވެރިވެއްޖެ އެވެ.

ސިލްކް ރޫޓްގެ ދަށުން ޗައިނާ ސަރުކާރުން އުފެއްދި މި ޔޫނިއަންގެ ފަރާތުން ބެއިޖިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޔޫނިއަންގެ މެންބަރަކަށް ވުމުގެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިހުއްނަވާ ސަފީރު މުހައްމަދު ފައިސަލް ވެސް ބައިވެރިވެވަޑަގެންނެވި އެވެ.

ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި މި ހަފްލާގައި ޕީއެސްއެމްގެ ޗެއާ، އިބްރާހިމް އުމަރު މަނިކާއި އެމްޑީ، ހަލީލު ބައިވެރިވަޑައިގެންނެވި އެވެ. މި ޔޫނިއަންގެ މަގުސަދަކީ މީޑިއާތައް ހަރުދަނާ ކުރުމާއި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނިކަލް އެހީތަކަށް މަގުފަހިކޮށްދިނުމެވެ. މިއަދު ބޭއްވި ހަފްލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާ ހައުސްތަކުން އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.