ދިވެހި މީޑިއާ

މީޑިއާ ކައުންސިލުން ނޫސްވެރިން އެކްރެޑިޓް ކުރަނީ

Apr 20, 2020

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިން އެކްރެޑިޓް ކުރަން ނިންމައިފި އެވެ.

އެމްއެމްސީން މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިދޭސީންނަށް ކުޑައިމީސްވާ ގޮތަށް "ނޫސްވެރިއް" ކަމަށް ބުނާ މީހަކު ސުވާލެއް ކުރުމާ ގުޅިގެން އައި ފާޑުކިޔުންތަކާ ފަހު އެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެމްސީން ރޭ ކުރި ޓްވީޓްތަކެއްްގައި ބުނެފައި ވަނީ ރޭ ސުވާލު ކުރި މީހާގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އެހެންކަމުން ނޫސްވެރިންގެ ހައްގުގައި ކުރިޔަށް އޮތް ތަނުގައި ކައުންސިލްގެ ރޫހު އޮތީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވައިލަން ކަމަށެވެ. އަދު ވީހާ އަވަހަކަށް އެ އުސޫލަށް އަމަލު ކުރަން ފެށުން ކަމަށެވެ.