މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ ރައީސް ކަމަށް ޝަހުބާން

Dec 15, 2020

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސަކަށް ޝަހުބާން ފަހުމީ އިންތިހާބު ކޮށްފި އެވެ. އޭނާއަކީ ސަންގުޓީވީގެ ނޫސްވެރިއެކެވެ.

އެ ކައުންސިލްގެ ނައިބު ރައީސް ކަމަށް ހޮވީ ހުސައިން ސަގީފެވެ. އޭނާއަކީ ވެސް ނޫހެއްގެ ޗީފް އެޑިޓަރެވެ. އެ މަގާމަށް އިތުރު ނަމެއް ނެތުމުން އޭނާ ނައިބު ރައީސް ކަމަށް އައީ ޑިފޯލްޓުންނެވެ.

މިއަދު އާ ކައުންސިލްގެ އާ މެންބަރުންގެ ފުރަތަމަ ޖަލްސާގައި ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ތިން ބޭފުޅަކު ވާދަ ކުރެއްވި އެވެ. އެއީ ޝަހުބާންގެ އިތުރުން އަލީ ހުސައިނާއި މުހައްމަދު ޝަފާއު އެވެ.

ޝަހުބާނަށް ހަވޯޓެވެ. އަލީ ހުސައިނަށް ފަސް ވޯޓެވެ. ޝަފާއުއަށް ތިން ވޯޓެވެ.

އާ ކައުންސިލެއް މިއަދު އާއިރު ރޭ އެ ކައުންސިލުން ވަނީ ނޫސްތަކުގެ ދަފުތަރެއް ނެރެފަ އެވެ. އެ ދަފުތަރުގައި ބައެއް ނޫސްތަކުގެ އެޑިޓަރުންގެ މަގާމަށް ވެސް އެކައުންސިލަށް ފެންނަ ނަމެއް ޖަހާފައި ވެއެވެ.