ހަބަރު

އޯލެވެލް އިމްތިހާނުގެ ރަސްމީ ނަތީޖާ މާދަމާ ދޫކުރަނީ

Feb 2, 2015

މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ބޭއްވި ޖީސީއީ އޯލެވެލް، އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިހާނުގެ ރަސްމީ ނަތީޖާ މާދަމާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 174 ރަށަކުން 7،202 ދަރިވަރުން ބައިވެރިވެފައިވެ އެވެ.