ނ. ވެލިދޫ ކައުންސިލް އިދާރާގެ ގުދަނުންނާއި އެރަށު ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ،
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ ވެލިދޫ ފިހާރައަކުންނާއި ކައުންސިލް އިދާރާގެ ގުދަނުން ވަގަށް ނަގާފައިވާތަކެތި ފެނިފައިވަނީ ވެލިދޫ ފަޅުގެއަކާއި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުން ދިރިއުޅޭ ގެއިން ކަމަށެވެ.
ވަގަށް ނަގާފައިވާނިކޮށް ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ގެސްފުޅިއާއި ސިނގިރޭޓް ކާޓޫނާއި ރެޑްބުލްއާއި ފޯނު ކާޑުތަކަކާއި ކަރަންޓް ސާމާނުތަކަކާއި އިންޑޯމިލް ކިޑްސް ކޭހެއްގެ އިތުރުން މޮހޮރާއި އަޑީތެލާއި ކީހެކެވެ
ހައްޔަރުކުރި ދެމީހުްނގެ ތެރެއިން 39 އަހަރުގެ މީހާއަކީ ވައްކަމުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.