ދުނިޔެ

އަނެއްކާވެސް އިކުއެޑޯއަށް ބާރުގަދަ ބިންހެލުމެއް

މިދިޔަ ހޮނިހިރު ދުވަހު ރެކްޓާ ސްކޭލް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އިކުއެޑޯއަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަނެއްކާވެސް އެ ގައުމަށް އަތުވެއްޖެ އެވެ.

މިއަދު އިކުއެޑޯއަށް އައި ބިންހެލުމުގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ. މިދިޔަ ހޮނިހިރު ދުވަހު އިކުއެޑޯއަށް އައި ބިންހެލުމުގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އަށް ވުރެ ގިން މީހުން ވަނީ ގެއްލިފަ އެވެ.

6.2 މެގްނިޓިއުޑްގެ މި ބިންހެލުމުގެ އެޕި ސެންޓަރަކީ އިކުއެޑޯގެ ކޯސްޓު ބޭރުން ކަމަށް ރިޕޯޓުތައް ދަނީ އަންނަމުންނެވެ. އަދި އެޕިސެންޓަރު އިނީ 15.7 ކިލޯމީޓަރު އަޑީގައި ކަމަށް ބައެއް ރިޕޯޓުތަކުން ދައްކައެވެ.