ހަބަރު

ޖީއެސްޓީއަށް 457,813 ރ. ދައްކަން ޑްރީމްސް އިލެކްޓްރޯނިކްސްއަށް އަންގައިފި

Feb 2, 2015
1

ޖީއެސްޓީގެ ގޮތު 457,813 ރ. އަށްވުރެ ގިނަ ފައިސާ ދައްކަން ޑްރީމްސް އިލެކްޓްރޯނިކްސްއަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޑްރީމްސް އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ނުދައްކައިވާ ޖީއެސްޓީއާއި ސުންގަޑިއަށް ޖީއެސްޓީ ދައްކާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.

ހުކުމުގައި ބުނަނީ ޑްރީމްސް އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީގެ ގޮތުގައި 316,366 ރ. އާއި ކަނޑައެޅިފައިވާ ތާރީޚަށް ޖީއެސްޓީ ނުދެއްކުމުން ޖޫރިމަނާއަށްވާ 141,447ރ. އާއެކު 457,813 އިއްޔެއިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށެވެ.