ރާއްޖެއާއި އިންޑިއާގެ ޒުވާނުން ގުޅިގެން ބާއްވާ ޔޫތު އެކްސްޗޭންޖް ޕްރޮގުރާމް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.
ޔޫތު މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރު އިންޑިއާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެފައިވާ އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓް އެންޑް ޔޫތް އެފެއާޒްގެ ދަށުން މާދަމާ ފަށާ މޯލްޑިވްސް އިންޑިއާ ޔޫތް އެކްސްޗޭންޖް ޕްރޮގްރާމް މި މަހުގެ ނިޔަކަށް ކުރިޔަށްދާނެ ކަމަށާއި އެ ޕްރޮގްރާމް ބޭއްވުމުގެ މަގުސަދަކީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އިންޑިއާގެ ޒުވާނުންނަށް ރާއްޖޭ ޒުވާނުންގެ ހާލަތު ކައިރިން ދައްކާލުން ކަމަށެވެ.
ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އިންޑިއާގެ ޒުވާނުންނަށް ރާއްޖޭގެ ތާރީހާއި ސަގާފަތް އެނގިގެންދާނެ ގޮތަށެވެ. މި ޕްރޮގްރާމްގެ ތެރޭގައި ދެ ގައުމުގެ ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކާބެހޭގޮތުން މަޝްވަރާކޮށް އެހެނިހެން މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭ ފޯރަމެއް ވެސް ބާއްވަ އެވެ.