ދުނިޔެ

ޕެނަމާ ޕޭޕާސްގައި ފެންމަތިވި މައްސަލަތައް އެމެރިކާއިން ތަހުގީގްކުރަނީ

ލީކް ކުރި ޕެނަމާ ޕޭޕާޒްގައި ހުރި ޓެކްސް ނުދައްކާ ފައިސާ ފޮރުވާ މައްސަލައާއި، ވަގު ފައިސާގެ މުއާމަލާތްތައް ތަހުގު ކުރުމުގެ މަސައްކަތްތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ފަށައިފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ ތަހްގީގަކީ ކްރިމިނަލް އިންވެސްޓިގޭޝަނެއް ކަމަށް ވެސް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އަދި ބުނީ މި ތަހްގީގު ކުރަން ނިންމާފައިވަނީ ގައުމުތަކުގައި މުއްސަނދި އަދި ބާރުގަދަ ވެރިން ޓެކްސް ނުދައްކާ ފައިސާ ފޮރުވާ ކަމަށާއި ވަގު ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށް ޕެނަމާ ޕޭޕަރޒްއިން ދައްކާތީ ކަމަށެވެ.

ޕެނަމާ ޕޭޕަރޒްގްގެ މައްސަލަތަކުގެ މައްޗަށް ފުރިހަމަ ތަހުގީގެއް ފަށާނެ ކަމަށް އިއުލާން ކޮށްފައިވަނީ އައިސީއައިޖޭ އަށް ފޮނުވި ސިޓީއެއްގައެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ފަށާ ތަހްގީގުގައި އައިސީއައިޖޭގެ މަންދޫބަކާއި ބައްދަލްކޮށް ކޯޑިނޭޓް ކުރުން މުހިންމު ކަމަށް ޖަސްޓިސް ޑިޕާޓްމެންޓްއިން ވަނީ ބުނެފައެވެ. ޖަސްޓިސް ޑިޕާޓްމެންޓްއިން ކުރާ ތަހްގީގުގައި އައިސީއައިޖޭގެ މަންދޫބެއް ހުރުމުން ތަހްގީގަށް ލުއި ތަކެއް ލިބޭނެ ކަމަށް ވަނީ ސިޓީގައި ބުނެފައި ވެއެވެ.

ޕެނަމާ ޕޭޕާޒް އިން ދައްކުވައި ދީފައިވަނީ ދުނިޔޭގެ ނަން މަޝްހޫރުތަރިން، ގައުމުތަކުގެ ވެރިންނާއި، މުއްސަނދި ވިޔަފާރި ވެރިން ކޮށްފައިވާ ވަގު ފައިސާގެ މުއާމަލާތްތަކެވެ. މިހާރު ލީކްކޮށްފައިވާ ޕެނަމާ ޕޭޕަރޒްގައި 11.5 މިލިޔަން ލިޔެކުންތަކެއް ހުއްޓެވެ.