އޮފްބީޓް

ޗައިނާގައި ބިދޭސީންނާ ޑޭޓުކުރާ މުވައްޒަފުންނަށް އިންޒާރުދީފި

ބިދޭސީންނާ ރައްޓެހިވެ ޑޭޓް ކުރުން ޗައިނާގައި ވަނީ ވަރަށް އާންމު ކަމަކަށްވެފަ އެވެ. އެހެންވެ ޗައިނާ ސަރުކާރުންވަނީ ބިދޭސީންނާ ޑޭޓުކުރާ މީހުންނަށް އިންޒާރު ދީފަ އެވެ. ޗައިނާ ސަރުކާރުން މި ބޮޑު ނިންމުން ނިންމީ ދާދި ފަހުން ސަރުކާރުގެ މުހިންމު ޑޮކިއުމެންޓްތަކެއް ލީކުވުމުންނެވެ. އަދި ގިނަ އަދަދަކަށް ފާރަވެރިން ސަރުކާރުގެ މުވައްޒަފުންނާ ޑޭޓުކޮށް ސަރުކާރުގެ ސިއްރު މައުލޫމާތުތައް ހޯދަން މަސައްކަތް ކުރާތީ އެވެ.

އެކަމާ ގުޅުވައި ޗައިނާ ސަރުކާރުންވަނީ 16 ޕެނަލުގެ ކޮމިކް ވާހަކައެއް ނެރެފަ އެވެ. އެ ވާހަކައިގައި އުޅެނީ ސަރުކާރު ވަޒީފާއެއް އަދާކުރާ ޒިއާއީ ލައި ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކާއި އޭނަ ޑޭޓް ކުރާ ޑޭވިޑް ކިޔާ ބިދޭސީ އެކެވެ. އެ ވާހަކައިގައި ލީ އާ ޑޭވިޑް ދިމާވަނީ ރެސްޓޯރެންޓެއްގެ ތެރެއިންނެވެ. އަދި އެރޭ ދެ މީހުންގެ ދެމެދު އެކުވެރިކަން އުފެދި ދުވަސްކޮޅެއް ފަހުން ލޯބީގެ ގޮތުން ގުޅި ޑޭޓް ކުރަން ފަށައެވެ.

އެއަށްފަހު ޑޭވިޑް ލީ ގާތު ލީގެ އޮފީހުން ސަރުކާރުގެ ބައެއް ސިއްރު ލިއުންތައް ހޯދަން ބުނެ އެވެ. ލީ ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ޑޭވިޑް ލީ އަށް އެކި ގޮތްގޮތުން ވިސްނައި ދީގެން އެ ލިޔުންތައް ހޯދަ އެވެ. ޑޭވިޑް އަކީ ޖާސޫސް ކުރާ ފާރަވެރިއެއްކަން ލީ އަށް އެނގެނީ ފުލުހުން އޭނާ ހައްޔަރުކުރުމުންނެވެ.

މި ކޮމިކް އާންމުކޮށް ޗައިނާގައި ބުލެޓިން ބޯޑުތަކުގައި މީހުންނަށް ފެންނާނެހެން މިހާރުވަނީ ހަރުކޮށްފަ އެވެ.

މި ކަމާއި ގިނަ ބަޔަކު ވަނީ ފާޑު ކިޔާ މަލާމަތްކޮށްފަ އެވެ. އެމީހުން ބުނަނީ އިންޒާރު ދިނަސް އެކަން ނުހުއްޓާނެ ކަމަށާއި އެފަދަ ކާޓޫނު ކޮމިކަކުން މީހުންނަށް މާބޮޑު މައުލޫމާތެއް ނޭނގޭނެ ކަމަށެވެ.

ދާދިފަހުން ޗައިނާގައި ވަނީ ސަރުކާރުގެ 150،000 އަށްވުރެ ގިނަ ސިއްރު ލިޔެކިޔުން ލީކުކޮށް؛ިކަން ސާބިތުވެ ސަރުކާރު މުވައްޒަފަކު މަރާލަން ހުކުމް ކޮށްފަ އެވެ.