އެމްއެމްއޭ

ސޮލަރެލް ކުންފުންޏަށް އިންޝުއަރެންސްގެ ހުއްދަ ދީފި

Apr 21, 2016

ސަތޭކަ ޕަސެންޓް ދިވެހި ކުންފުންޏެއް ކަމަށްވާ "ސޮލަރެލް" އަށް އިންޝުއަރެންސުގެ ހިދުމަތް ދިނުމުގެ ހުއްދަ ރާއްޖޭގެ މަރުކަޒީ ބޭންކުން ދީފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ "ސޮލަރެލް އިންޝުއަރެންސް ޕްރައިވެޓް ލިމިޑެޓް" ކުންފުންޏަށް ހުއްދަ ދީފައިވާ ކަމަށެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އިންޝުއަރެންސުގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވަނީ ސީޕްރިއާގެ ދަށުން ހިންގަމުން ގެންދާ "ސޮލަރެލް" ކުންފުންޏަށެވެ.

ރާއްޖޭގައި މިހާރު ވެސް އިންޝުއަރެންސުގެ ހިދުމަތް ބައެއް ކުންފުނިތަކުން ދެމުންގެންދެ އެވެ. އެގޮތުން މި ހިދުމަތް އެންމެ ފުޅާކޮށް ދެމުން ގެންދާ ކުންފުންޏަކީ އެލައިޑް އިންޝުއަރެންސެވެ. މީގެ އިތުރުން އަމާނާ ތަކަފުލް އާއި ސިލިންކޯ އިންޝުއަރެންސް އަދި ސްރީލަންކަން އިންޝުއަރެންސެވެ.