މަސްތުވާތަކެތި

ބަންގާޅުން މަސްތުވާތަކެތި ހިފައިގެން އައި މީހަކު ހައްޔަރުކޮށްފި

މިމަހު 12 ވަނަ ދުވަހު ބަންގްލަދޭޝް އިން ރާއްޖެ އައި މީހަކު މަސްތުވާއެއްޗެއްސާއެކު ހައްޔަރުކޮށްފި އެވެ. މިމީހާއަކީ އަހަރުގެ ބަންގްލަދޭޝް އުމުރުން 23 ފިރިހެނެކެވެ.

ޑާކާ އިން ޗެންނާއީ މަގުން ރާއްޖެއައި މި މީހާ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި މީހާގެ ފޮށިތަންމަތި އެކްސްރޭކުރުމުގެ ތެރޭގައި އޭނާއާމެދު އެއާޕޯޓްގެ ޕެސެންޖާ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އެވެ.

އޭނާގެ އަތުން މަސްތުވާތަކެތި ރައްކާކޮށްފައިހުރި ޕެކެޓްތަކެއް ވަނީ ފެނިފައެވެ. އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 104 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ މީހާ މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.