ޒުމްބާއަކީ ކޮން ބާވަތެއްގެ ކަސްރަތެއް ކަން އެންމެ ރަނގަޅަށް އެނގޭނީ އަންހެން ކުދިންނަށެވެ. މިއީ ޒުވާނުންގެ މެދުގައި މަގުބޫލު ކަސްރަތު ޕްރޮގްރާމެކެވެ. މިފަދަ ޕްރޮގްރާމެއް ހިލޭ ބޭނުން ހެއްޔެވެ؟
މި ފުރުސަތު ހިލޭ ދެނީ މަޝްހޫރު ފިޓްނަސް ސްޓޫޑިއޯ ހީޓް ހެލްތް އެންޑް ފިޓްނަސް (ހީޓު) ންނެވެ. މި ކްލާހުގައި ބައިވެރިވާން ބޭނުންނަމަ ބުރާސްފަތި ދުވަހުގެ ހަވީރު 7.45 ގައި ބިލަބޮންގް ސްކޫލަށް ދާށެވެ. ކްލާސް ނަގައިދޭނީ މާސްޓާ ޓްރެއިނާ ޒެޝް ސުޝާތާ ޕޯލް އެވެ.
"ޒުމްބާ ކްލާހެއްގައި ބައިވެރިވުމުން ހަށިގަނޑު ރީތިކޮށް ބައްޓަން ވާނެ. މިއީ މީހާ ސޯޝަލް ވެސް ވާނެ ކަމެއް،" ހީޓް ހިންގުމާ ހަވާލުވެ ހުރި އައިޝަތު އަފްރާ މުހައްމަދު (އަނާ) ބުންޏެވެ.
ހީޓުން ބުރާސްފަތި ދުވަހުގެ ހަވީރު 4:45 އިން ފެށިގެން ބިލަބޮންގައި ބާއްވާ މި އިވެންޓުގައި ޒުމްބާގެ އިތުރުން ހީޓުގައި ކުރިއަށް ދާ ލެސްމިލްސްގެ ބޮޑީ ސްޓެޕާއި ބޮޑީ އެޓޭކް އަދި ބޮޑީ ކޮންބެޓް ޕްރޮގްރާމުގައި ވެސް ހިލޭ ބައިވެވިދާނެ އެވެ. މި ކްލާސްތައް ނަގައިދެނީ ހީޓުގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.
އިންޑިއާއަށް އުފަން ސުސާތާ ޕޯލްއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޒުމްބާ ކްލާސްތައް ނަގައިދެމުން ގެންދާ ހުނަރުވެރި އެކެވެ. ގިނަ އެވޯޑުތައް ހޯދާފައިވާ ސުސާތާ ވަނީ ޔޫރަޕާއި އޭޝިއާ އަދި މެދުއިރު މަތީގައި ގިނަ ކްލާސްތަކެއް ހިންގާފައިވެ އެވެ. އަދި އޭނާއަށް މި ދާއިރާ އިން ގިނަ އެވޯޑު ތަކެއް ވެސް ލިބިފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.
މި ޕްރޮގްރާމުގެ މީޑިއާ ޕާޓަނަރަކީ "އަވަސް" އެވެ. އަދި ޕްރިންޓް ލެބާއި އިމޭޖަސްގެ އިތުރުން މައިލޯއަކީ ވެސް ސްޕޮންސަރުންނެވެ. އަދި އީވޯ ހޯމް އާއި އެނާޖީ ޑްރިންކް 100 ޕްލަސް އަކީ ވެސް މި އިވެންޓްގެ ބޮޑެތި ޕާޓްނަރުންނެވެ.
ހީޓުގެ މި ޒުމްބާ ކްލާހުގައި ބައިވެރިވުމުން ނަގާ ލަކީ ޑްރޯއެއްގައި އެއް ވަނަ އިނާމަކަށް ކިޗަން އެއިޑް ބްރޭންޑުގެ ކޯޑްލަސް ހޭޑް ބްލަންޑާ (މިކްސަރެއް) ލިބެ އެވެ. މީގެ އިތުރުން ދެވަނަ އިނާމަކަށް ތިން މަހުގެ ގްރޫޕް ފިޓްނަސް ކްލާހެއް ލިބޭއިރު، ތިންވަނަ އިނާމަކަށްވެސް އެއް މަސް ދުވަހަށް ހިލޭ ގްރޫޕް ފިޓްނަސް ކްލާހެއް ލިބެ އެވެ.