ލައިފްސްޓައިލް

ބަލްގިސް: ފެޝަނާއި މޭކަޕް ދުނިޔޭގެ ރާނީ

ބުރުގާ އެޅުމާއި ބުރުގާ އަޅުވައިދިނުން ދިވެހިންގެ މެދުގައި ފެޝަނަކަށް ބަދަލުވެ، ވިޔަފާރިއަކަށް ބަދަލުވެފައިވާއިރު ބަލްގިސް އަކީ އެ ނަމަކާ ނުލައި މި ޒީނަތްތެރިކަން ފުރިހަމަކުރެވެން ނެތް މިންވަރަކަށް އޭގެ މުހިންމުކަން ބޮޑުވެ، އަގު އުފުލިފައިވާ ނަމެކެވެ. ބަލްގިސް މިއަދު ބަދަލުވެފައި މި ވަނީ ފެޝަން އާއި މޭކަޕްގެ ދިވެހި ބިމުގައި، އޯލް އިން ވަންގެ ޕެކޭޖަކަށެވެ. -- ވަރަށް ފުރިހަމަ ޕެކޭޖަކަށެވެ.

މި ހިތްގައިމު ތަހުތެއްގެ ވެރިޔަކީ އައިޝަތު ދީމާ އެވެ. ފެޝަން އާއި މޭކަޕްގެ ތަފާތު އެކި މަސައްކަތަކާ އެކު ނިކަން ގިނަ ބައެއްގެ މެދުގައި ބޮޑު މަގްބޫލުކަމަކާއި މަޝްހޫރުކަމެއް ހޯދާފައިވާ ބަލްގިސްގެ މަސައްކަތަށް އޭނާ ހުސްވީ މީގެ ތިން އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ފަށައިގަތީ ބުރުގާއަޅާއިރު، ޒީނަތެއްގެ ގޮތުގައި ޖަހަން ބޭނުންކުރާ ދަތި، އަމިއްލަ އަށް ޑިޒައިންކޮށް އުފެއްދުމުގެ ކަވި މަސައްކަތުންނެވެ.

އޭގެ ތިން އަހަރު ފަހުން އޭނާ މި ވަނީ މުޅި މި ދާއިރާ ގާތްގަނޑަކަށް ފަތަހަކުރުމަކާ ގާތަށް ޖެހިލައިފަ އެވެ. ތިރީގައި މި އޮތީ "އަވަސް ވީކެންޑް" ގެ "އަންހެނުން ސެގްމަންޓަށް" ދީމާ ދިން ހާއްސަ އިންޓަވިއުއެކެވެ.