އަހަރަމެންގެ ހިތުތެރޭގައިވާ ލޯބީގެ އިހްސާސްތަކަކީ ވަރަށް ވެސް އަޖައިބުކުރުވަނިވި އިހްސާސްތަކެކެވެ. ފުރަތަމަ ނަޒަރަރުން ލޯބި ވެވޭނެއެކޭ އަހަންނެއް ނުބުނާނަނަމެވެ. އެކަމަކު ފުރަތަމަ ދިމާވާ ފަހަރަކުންވެސް ކުއްޖަކަށް ހިތްކިޔާފާނެ ކަމަށް އަހަރެން ގަބޫލު ކުރަމެވެ. މީ ހަމަ ބުނާ ބުނުމެއް ނޫނެވެ. ފުރަތަމަ ފެނިލުމުން ހިތް ކިޔާގޮތް ވުމުން ދެން އަހަރަމެންނަށް މި އުޅެވެނީ އެކުއްޖަކާ ފްލާޓްކޮއްލައިގެން އެކުއްޖަކު ކާމިޔާބު ކުރެވޭތޯ އެވެ. ނަމަވެސް މިހާރުގެ ޒުވާނުން ބުނާ ގޮތުން ނަމަ ސެޓްވާ ވަރެއް ފްލާޓްކޮށްގެން ހަމަ ނުވެއެވެ. ބޮޑަށް ބެލެވޭ ގޮތުގައި އަހަރަމެން ފްލާޓްކުރާ ގޮތް ކަމުނުދަނީއެވެ. ނުވަތަ ފްލާޓްކުރަން އަހަރަމެން ގެންގުޅޭ އުކުޅުތަކަކީ ލޯބި ހާސިލުކުރަން އެންމެ ރަނގަޅު އުކުޅުތަކަކަށް ނުވަނީ އެވެ. ސައިންސް މިކަމަށް ދެނީ ވަރަށް ވެސް ފަސޭހަ އިރުޝާދުތަކެކެވެ.
ހަތަރު ކަޅި ހަމަކޮއްލައި، ވަގުތު ކޮޅަކަށް ބަލައިލުން
މިއީ ކޮއްލަން މާފަސޭހަ ކަމަކަށް ބައެއް މީހުންނަށް ނުވެދާނެ އެވެ. އެހަނަސް މިއީ ފްލާޓޮކޮއްގެން ލޯބި ހާސިލު ކުރަން ވަރަށް ވެސް ފައިދާކުރުވަނިވި ގޮތެކެވެ. މިގޮތުން ސައިންސްވެރިން ބުނާ ގޮތުން ނަމަ މިހެން ކަންތައް ކޮއްފިނަމަ ވާހަކަ ދައްކައިގެން ލޯބި ހާސިލުކުރުމަށް ވުރެ ލޯބި ހާސިލުވުން މާ އަވަހެވެ. މިހެން ލޮލަށް ބަލާލާ އިރު އެކަކު އަނެކަކުގެ ހިތުގައިވާ ލޯބި އިތުރަށް ބޮޑުވެގެންދާ ކަމަށްވެއެވެ. މިހެން ސައިންޓިސްޓުން ބުނެފައިވަނީ އެމީހުން ކުރި ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ.
މިހެން މިކަން އޮތް ކަމުގައި ވިޔަސް ގިނަ ބަޔަކު މިކަން ކުރަން ލަދުގައްނަކަމަށް ވެއެވެ. އަދި ހިތް ކިޔާ ކުއްޖެއްގެ ދިމާއަށް ބަލައިގެން ހުއްޓާ އެކުއްޖާ ހަތަރު ކަޅި ހަމަ ކޮށްފިނަމަ އިސްޖަހާލެވޭ މީހުން މަދެކޭ ނުބުނެވޭނެ އެވެ. މިޒަމާނުގެ ކުދިން ބުނާހެން ބިޓެއް ސެޓުކުރަން ގަޓު ހުންނަން ވެސް އެބަޖެހެއެވެ. އިސްޖަހާލުމުގެ ބަދަލުގައި ހަތަރުކަޅި ހަމަކޮށްލަން އެބަޖެހެއެވެ.
ހިނިތުންވެލުން
އިންސާނެއްގެ ރީތިކަން އެންމެ ބޮޑަށް ހާމަވާ އެއްކަމަކީ އެމީހެއްގެ ހިނިތުންވުންވުމެވެ. ފްލާޓް ކުރުމަށް މިއީ ހަމަ ބަރާބަރު އަދި އެހާމެ ވަރުގަދަ ހަތިޔާރެއެއް ކަމަށް ސައިންވެރިޔަކު މިވަނީ ވިދާޅުވެފަ އެވެ. ޑރ. މޮނިކާ މޫރޭ ހިންގި މި ދިރާސާގަައި ބައިވެރިވި ފަރާތްތަކުގެ 95 އިންސައްތަ ދައްކަނީ ހިނުތުންވުމަކުން މީހެއްގެ ލޯބި ހޯދައިގަތުމަށް ފަސޭހަ ކަމަށެވެ. އެހެންކަމުން އަހަރަމެން ބިޓުން ސެޓުކުރުމަށް އަހަރަމެންގެ މި ހިނިތުންވުން ވަރަށް ބޮޑަށް މުހިއްމެވެ. ފްލާޓްކޮއްލާ ކުއްޖާ އަހަރަމެންގެ ހިނިތުންވުމުގައިވާ ޖާދޫގައި ޖައްސާލައިގެން ކާމިޔާބު ކޮށްލަން ހިނގާށެވެ.
މޮޅު ތައުރީފެއް ކޮއްލުން
ތިމާ ގަޔާވާ ކުއްޖަކަށް މޮޅު ތައުރީފެއް ނުވަތަ ކޮންޕްލިމެންޓެއް ކޮއްލުމަކީ ވެސް ފްލާޓްކޮށްލަން މޮޅު ގޮތެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އެގޮތުން ފްލާޓްކޮށް އުޅޭ ގިނަ ކުދިން ތައުރީފުގެ ބަސްތަށް ހިތްކިޔާ ކުއްޖާއަށް ރައްދުކޮއްލުމަކީ ކޮންމެ ޒަމާނެއްގައިވެސް ފެންނަ ކަމެކެވެ. ބަލާ ގިނަ ރޮމެންޓިކް ފިލްމް ތަކުގައި ފެންނަ އާންމު މަންޒެރެކެވެ. މިއީ ފްލާޓުކުރުމަށް ބޭނުންކުރެވޭނެ އެންމެ ރަނގަޅު އެއް އުކުޅެވެ. ބުނެލާ ތައުރީފުގެ ބަހަކުން އަނެކާއަށް ހިއްހަމަ ޖެހުން ގެނުވައިދީފި ނަމަ އެކުއްޖާގެ ފަރާތުން އެ ލިބުނީ ކާމިޔާބީގެ ސިގްނަލެއް ކަމަށް ސައިންސްވެރިން ބުނެއެވެ.
ގަޔާވާ ކުއްޖާ ހެއްވާލުން
ސައިންސްގެ އަލީގައި ގަޔާވާ ކުއްޖާ ހެއްވާލުމަކީ ފްލާޓުކޮށްގެން ކުއްޖަކު ކާމިޔާބު ކޮއްލެވޭނެ އެންމެ ފަސޭހަ އުކުޅެކެވެ. މިގޮތުން ފްލާޓުކުރުމަށްޓަކައި އަންހެންކުއްޖާގެ މޫނުމައްޗަށް އުފަލުގެ ކުލަވަރެއް ގެނެސްލުމުން އެކުއްޖާއަށް ތިމާމީ ގަޔާވާ މީހަކަށް ވެގެން ދާނެއެވެ. އަދި އެކުއްޖެއްގެ ހިތުގައި ތިމާއާ ދޭތެރޭ އޮއްނަ އިހްސާސްތަށް ރަނގަޅު އިހްސާސްތަކަކަށް ބަދަލުވެގެންދާނެ ކަމަށް ސައިންވެރިން ބުނެއެވެ. ޖޯކަކުން ނަމަވެސް ފްލާޓުކުރާ ކުއްޖާ ހެއްވާލަން މަސަތްކަތް ކޮށްލަމާ ހިނގާށެވެ.
މިހެން ކޮއްފިނަމަ ސައިންވެރިން ބުނަނީ ހިތްކިޔާ މަންޖެ ނުވަތަ ސޮރު ސެޓުވާނެއޭއެވެ.