މޫސުން

މެދުރާއްޖެ ތެރެއަށް ގުގުރުމާއެކު ވާރޭ ވެހޭނެ: މެޓް

މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓަކީ، ދިވެދާނެ ކަންކަމަށް ތައްޔާރުވެދިނުމަށް އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. މި އެލާޓް ނެރެނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ނަގޫ ރޯޅިއެއް އަރާފާނެ ފަދަ ހާލަތްތަކުގަ އެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑު ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ.

މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައިވަނީ، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ އެވެ.

މެޓް އޮފީހުން މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:20ން ފެށިގެން މެންދުރު 14:30 އަށެވެ. މިއަދުން ފެށިގެން ކުރަމުންދާ ވިއްސާރަ މާދަމާގެ ހެނދުނާ ހަމައަށްކުރާނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ.

މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފައިވާއިރު ދެކުނުގެ އަތޮޅުތަކަށް ވެސް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓުން ބުނެ އެވެ.