ހަބަރު

ކޯލިޝަން ރޫޅުނީ ގާސިމްގެ ސަބަބުން: ޕީޕީއެމް

Feb 2, 2015

މީގެ އިތުރުން އެބަޔާނުގައި ވަނީ ހިޔާލުތަފާތުވުންތައް ނައްތާލުމަށް ޕީޕީއެމުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖޭޕީ އިން އެކަމަށް އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެހެންނަމަވެސް އެކަމުގައި ޖުމްހޫރީ ޕާޓީގެ އެއްބާރުލުން ލިބޭގޮތްވަނީ ނުވެފައެވެ،" އެ ބަޔާނުގައިވެ އެވެ.

ވީނިއުސްގައި މިއަދު ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ޔާމީނަށް ތާއީދު ކުރުމަށް ޖޭޕީގެ ކައުންސިލުން ނިންމުމުން "ޢާލަމުތަކުގެ ވެރި މާތް ﷲ ހެކިކޮށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު ޢަބްދުލްގައްޔޫމު އެއްބަސްވުމެއްގައި ސޮއި ކުރެއްވި" ކަމަށެވެ. އަދި ހެކިވެރިން ގޮތުގައި މި އެއްބަސްވުމުގައި ޕީޕީއެމްގެ ނާއިބް ލީޑަރު އަބްދުއްރަހީމް ޢަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ރައީސް މޫސާ ޒަމީރު ސޮއި ކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ.