ދުނިޔެ

ތިން ދުވަހުގެ ދަތުރަކަށްފަހު ސޯލާ އިމްޕަލްސް ޖައްސައިފި

ސޯލާ ހަކަތައިން އުދުއްސާ ސޯލާ އިމްޕަލްސް ފްލައިޓް ތިން ދުވަހުގެ ދަތުރަކަށްފަހު އެމެރިކާގެ ސިލިކޯން ވެލީގައި ޖައްސައިފި އެވެ. މި ފްލައިޓް ޖައްސާފައިވަނީ ޕެސިފިކް އޯޝަން މަތިން ތިން ދުވަސް ދަތުރުކުރުމަށް ފަހު އެވެ.

އެއްވެސް ވަރަކަށް ފިއުލް ބޭނުން ނުކުރާ މި ބޯޓް އޮޕަރޭޓް ކުރަނީ ސޯލާ ހަކަތައިންނެވެ. މި ފްލައިޓް ހަވާއީ އިން ނައްޓާލީ މިދިއަ ބުރާސްފަތި ދުވަހުއެވެ. ހަވާއީ އިން ނައްޓާލާފައިވަނީ އަށް މަސްވަންދެން އޭގެ ބެޓެރީތައް ހަކަތައިން ޗާޖް ކުރުމަށްފަހު ފަހުއެވެ. މިއީ ދުނިޔެ ވަށައި ބުރެއް ޖަހަން ސޯލާ އިމްޕަލްސްއިން ފެށި ނުވަ ވަނަ ދަތުރެވެ. ނަމަވެސް އަދި އެ މަގްސަދުވަނީ ހާސިލް ނުކުރެވި އެވެ.

ސޯލާ އިމްޕަލްސްއަކީ އެއްވެސް ވަރަކަށް ޕޮލިއުޝަން ދޫކުރާ ފްލައިޓެއް ނޫނެވެ. އަދި މީގެ އިތުރުން މި ފްލައިޓްއަކީ ނޮއިޒް ޕޮލިއުޝަން ވެސް ޕްރޮޑިއުސް ކުރާ ފްލައިޓެއް ނޫނެވެ. ސޯލާ އިމްޕަލްސްއިން އޭގެ ދަތުރު ފަށައިފާވަނީ މާޗް މަހު، އަބޫ ދުބާއީ އިންނެވެ.

މި ބޯޓްގެ ބެޓެރީތަކަށް ހަކަތަ ލިބެނީ އިރުންނެވެ. އަދި އިރުގެ ހަކަތަ އެބްޒޯބް ކުރަން ފްލައިޓްގެ މަތީ ފަށަލައިގަ 17000 ފޮޓޯވޮލްޓެކް ސެލްސް ހަރަކުކޮށްފައި ވެއެވެ. މި ސެލްތަކަކީ އިރުގެ ހަކަތަ އެބްޒޯބްކޮށް، ފްލައިޓު ދުއްވަން ބާރު ދޭ އެއްޗެކެވެ. އިރު އޮއްސުމުން، ސޯލާ އިމްޕަލްސްއިން ހިނގާނީ ބެޓެރީގެ ބާރުންނެވެ.

ސޯލާ އިމްޕަލްސްގެ މި ފަހު ދަތުރުގައި، ދަތުރުކޮށްފައިވަނީ 4000 ކިލޯމީޓަރަށެވެ.