ދުނިޔެ

އުމްރާ ވިސާ ޓޫރިސްޓް ވިސާއަށް ބަދަލު ކުރެވޭ ގޮތް ހަދަނީ

ސައުދީގައި އިއްޔެ ލޯންޗްކުރި "ޕޯސްޓް އުމްރާ ޕްރޮގްރާމް" ގެ ދަށުން، އުމްރާ ވިސާ ޓޫރިސްޓް ވިސާއަކަށް ބަދަލް ކުރެވޭ ގޮތް ހަދައިފިއެވެ.

ޕްރިންސް ސުލްތާން ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން، އުމްރާކޮށް ނިންމާފައި، ދަތުރުވެރިންނަށް ނަން މަޝްހޫރު އިސްލާމީ ލޭންޑްމާކް ތަކާއި، ޓޫރިސްޓް ޑެސްޓިނޭޝަންސްތަކަށާއި ޝޮޕިންގް ސެންޓަރު ތަކަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން، އުމްރާ ކޮށް ނިމުމުން ބޭސްފަރުވާ ކުރުމަށާއި، ސައުދީ އަރަބިޔާގެ ސަގާފަތްތައް ބަލައި ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

މި ޕްރޮގްރާމަކީ އަހަރުތަކެއް ކުރިން ފަށަން އުޅުނު ޕްރޮގްރާމެކެވެ. ނަމަވެސް މި ޕްރޮގްރާމްގެ ޕްރޮޕޯޒަލް ބަލައި ފާސްކޮށް، އިސްލާހުތަޢް ގެންނަން ޖެހުމުގެ ސަބަބުން. ފަސްވެފައި އޮތީ އެވެ.

މި ޕްރޮގްރާމް ހިނގަމުން ގެންދާނީ މިނިސްޓްރީޒް އޮފް އިންޓީރިއާ ފޮރިން އެފެއާޒް އަދި ހައްޖު މިނިސްޓްރީ ދަށުންނެވެ.