ހަބަރު

ދަރިންނަށް ބިރުދައްކަމުންދިޔަ ދެމަފިރިއަކު ހައްޔަރުކޮށްފި

Feb 3, 2015

ދަރިން ބެލުމުގައި އިހުމާލުވެ ކުދިންނަށް ބިރު ދައްކާކަމުގެ ތަހުމަތުގައި ލ. ގަމުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ އެ ކުދިންގެ މަންމަ ކަމަށްވާ ޢުމުރުން 32 އަހަރުގެ އަންހެނަކާއި އެކުދިންގެ ބައްޕަ، އުމުރުން 36 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މިދިއަ އާދީއްތަ ދުވަހު ޖެންޑާ މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދެމަފިރިން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ގަމުގެ މެޖިސްޓްރޭޓް ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.