ދުނިޔެ

އާންމުންގެ އިތުބާރު އަލުން ހޯދަން ބޭނުން: ބްރެޒިލްގެ ނައިބު ރައީސް

ރައްޔިތުންގެ އިތުބާރު އަލުން ހޯދަން ބޭނުންކަމަށް ބްރެޒިލްގެ ނައިބް ރައީސް ޓެމާ، ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވެއްޖެއެވެ. ނައިބް ރައީސް މިހެން ވިދާޅުވެފައިވަނީ، ބްރެޒިލްގެ ރައީސް ރޫސެފް މަގާމުން ވަކި ކުރުމަށް ކޮންގްރެސް އިން ވޯޓުލިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެނެވެ.

ބްރެޒިލްގެ ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ބަޣާވާތެއް ގެނެސް ވެރިކަން ފޭރިގަންނަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުތައް ކުރި ފަހުންނެވެ. ބްރެޒިލްގެ ރައީސްގެ މައްޗަށް ނެގި ވޯޓަށް ފަހު ވިދާޅުވެފައިވަނީ، ބަޔަކު ބަޣާވާތެއް ގެންނަން އުޅޭ ކަމަށާއި، މިކަމުގައި ނައިބު ރައީސް އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޓެމާ ވިދާޅުވީ އެމަނިކްފާނާއި ބޮލުގައި އަޅުވާފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސާއް ނެތް ވާހަކަ ތަކެއް ކަމަށާއި، ތުހުމަތު ކުރުމުގައި އެއްވެސް ވަރަކަށް އިންސާފަށް ވިސްނާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ބަޣާވާތެއް ގެންނަން އެއްވެސް ބަޔަކު މަސައްކަތް ނުކުރާ ކަމަށާއި، ގާނޫނު އަސާސީއާއި ޚިލާފަށް އެއްވެސް ކަމެއް ކުރިޔަށް ގެންދަން ހިޔާލު ވެސް ނުކުރައްވާ ކަމަށެވެ. ރައީސް ރޫސެފް، އޭނާގެ ބޮލުގައި ކިތަންމެ ތުހުމަތެއް އެޅުވިޔަސް، އެކަމަނާއަށް ރައްޔިތުން އިތުބާރު ނުކުރާ ކަން ގަބޫލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.