ސިއްހަތު

ހަންގަނޑު އޮމާންކުރެވިދާނެ މިހެން ވެސް!

Apr 28, 2016

ކޮންމެހެން އާދަޔާހިލާފަށް ބްރޭންޑެޑް ނުވަތަ އަގު ބޮޑު ލޯޝަންތައް ގައިގައި އުނގުޅަން ހަދާނެ ކަމެއް ނެތެވެ. ގުދުރަތީ ތާސީރުން ފެންވަރަން ޝައުގުވެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތަކީ، ރީތި، އޮމާން ހަންގަނޑެއްގެ ވެރިއަކަށް ވުމަށް ހިތް އެދެނީ ނަމަ އަމިއްލަ ދިރިއުޅުމުގެ ކޮސްމެޓިކް ކޮޓަރިން ނުކުމެ ތި ކޮޓަރިއެއްގައި ބޮޑު ތަޅުއަޅުވަންވީ އެވެ.

ރީތި ކަމަކީ ބޭރު ފުށުގައި ތިޔަ ހާކާލާ ކްރީމަކާއި ޖައްސާލާ ކުލައެއް ނޫންކަން ގަބޫލުކުރަން އެބަޖެހެ އެވެ. އަދި އެ ފުރިހަމަކަން ހާސިލުކުރުމަށް ނަގަން ޖެހެނީ ރަނގަޅު ޑައެޓެކެވެ.

މިސާލަކަށް، އެވޮކާޑޯ!

އެވޮކާޑޯ އާއި ހަންގަނޑާ ދެމެދު އޮތީ ސާފު ތެދުވެރި ލޯބީގެ ގުޅުމެކެވެ. މިއީ ކެއުމަށް އިތުރުކޮށްލެވޭނެ އެންމެ ސިއްހަތަށް ފައިދާ ބޮޑު އެއް ޑައެޓެވެ. ސިއްރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

އޭގައި ހިމެނޭ ބައޯޓިން ނަމަކަށް ކިޔާ މާއްދާއެކެވެ. ވިޓަމިން ބީގެ ވައްތަރެއް ކަމުގައިވާ މި މައްދާގެ މުއްސަނދިކަން އެވޮކާޑޯ އަށް ލިބިފައިވުމުގެ ސަބަބުން އޭގެ ފައިދާ އިސްތައްޓަށް، ނިޔަފައްޗަށް އަދި ހަންގަނޑަށް ކުރެ އެވެ. މީގެ އިތުރުން މި މޭވާއެއްގައި ވިޓަމިން އީ ހިމެނުމަކީ ވެސް ޕްލަސް ޕޮއިންޓެކެވެ. މިއީ ވެސް ހަންގަނޑުގައި އުފެދޭ ވިހަ މާއްދާތައް ސާފުކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ބައެކެވެ.

ޓޮމާޓޯގެ ފައިދާ ބޮޑު

ބަލަންވީ މީން ލިއްބައިދޭ ފައިދާ އަށެވެ. ޓޮމާޓޯ އަކީ އޭގައި ލައިސޯފީން ނަމަކަށް ކިޔާ މާއްދާއެއްގެ މުއްސަނދިކަން ލިބިފައިވާ އެއްޗެކެވެ. ލައިސޯފީން މުހިންމު ވަނީ ކިހިނެތްކަން އެނގޭ ހެއްޔެވެ؟ އިރުގެ ރަތްދަކަ އަވިން ހަންގަނޑަށް ލިބޭ ގެއްލުން މަރާމާތުކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާތީ އެވެ.

މީގެ އިތުރުން ހަންގަނޑުގެ ސެލްތައް ހަލާކުވިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތްކުރާ ކެރޮޓީނޮއިޑްސްގެ މާއްދާތަކާއި ހަންގަނޑު މުސްކުޅިވިޔަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ މާއްދާތަކުން ވެސް ޓޮމާޓޯ އެ އޮތީ ދޮންވެ ފައްކާވެފަ އެވެ. ހަމަ، ހޮވައިގެން، ރޮލާ ވެސް ކާންވީ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ޓޮމާޓޯގެ ފައިދާ ހަށިގަނޑަށް އެންމެ ރަނގަޅަށް ކުރާނީ ޕްރޮސެސްކޮށްލައިގެންނެވެ. ޓޮމާޓޯ ޖޫސް ނުވަތަ ސޯސް ނުވަތަ ޕޭސްޓްގެ ގޮތުގައި ވަރަށް ފައިދާ ބޮޑެވެ.

ސެލްމޮންގެ ހަންގަނޑަށް ވުރެ އޮމާންކޮށްދޭނެ!

އުފާކުރަން ޖެހެނީ މިއީ ހަމައެކަނި ހަންގަނޑުގެ ރީތިކަމަށް އޮތް މޮޅެއް ކަމަށްވީތީކީއެއް ނޫނެވެ. ސެލްމޮންގެ ފައިދާ ހިތަށް ވެސް ވަރަށް ބޮޑެވެ.

ގުދުރަތީ ވަސީލަތްތަކަށް ބަލާއިރު ސެލްމޮން އަކީ އޮމެގާ 3 ފެޓީ އެސިޑް އެންމެ ރަނގަޅަށް ފޯރުކޮށްދޭ އެއް ވަސީލަތެވެ. އޭގެ ސަބަބުން ހަންގަނޑު އޮމާންކޮށް ޒުވާންކަމެއް ގެނެސްދެ އެވެ. ފަސޭހައިން ހަންގަނޑު ހަލާކުވުމާއި އުނދަގޫވާ ކަހަލަ މައްސަލަތަކަށް ވެސް ހައްލު ހޯދައިދެ އެވެ.

ސްޕިނެޗް ކައިގެން ހަމައެކަނި ވަރުގަދަވަނީކީއެއް ނޫން!

މަޝްހޫރު ކާޓޫނު "ޕޮޕެއި ދަ ސެއިލަ މޭން" ގައި ދައްކުވައި ދެނީ ސްޕިނެޗުގެ ގަދަފަދަކަމެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މިއީ ރީތި ހަންގަނޑެއް ފުރިހަމަކުރުމަށް ބޭނުން ނަމަ ކޮންމެހެން ވެސް ޑައެޓަށް މުހިންމު ބާވަތެކެވެ. އޭގައި ވިޓަމިން ބީ، ސީ އަދި އީގެ އިތުރުން ލޫޓެއިން އާއި އޮމެގާ 3 ފެޓީ އެސިޑް ފަދަ ހަންގަނޑަށް ފައިދާކުރަވިނި ބާވަތްތައް ހިމެނިގެންވެ އެވެ.

ޑާކް ޗޮކްލެޓް!

މިއަށް ވުރެ ވަކި އުފާވެރި ޚަބަރެއް ލިބޭނެ ހެއްޔެވެ؟