އުތުރު ކޮރިޔާއިން ފޮނުވާލި މެދު ރާސްތާގެ މިސައިލް ގިނައިރު ތަކެއްނުވެ ވެއްޓިއްޖެ އެވެ. މިއީ ފާއިތުވެ ދިޔަ ހަފްތާތަކުގައި އުތުރު ކޮރެއާއިން ފޮނުވާލި މިސައިލްތަކުގެ ތެރެއިން ފެއިލްވި ދެ ވަނަ މިސައިލެކެވެ.
އުތުރު ކޮރެއާގެ މި މިސައިލްގެ ވާހަކަ ރިޕޯޓްކޮށްފައި ވަނީ ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީންނެވެ.
ދެކުނު ކޮރިޔާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްތައް ބުނަނީ އުތުރު ކޮރިޔާއިން ފޮނުވާލާފައިވަނީ "އިންޓަ މީޑިއޭޓް ރޭންޖް ބެލިސްޓިކް މިސައިލް" އެއް ކަމަށާއި ނަމަވެސް އެ މިސައިލް ލޯންޗް ކުރިތާ ފަޅި ސިކުންތެއްގެ ތެރޭގައި މިސައިލް ވެއްޓިފައިވާ ކަމަށެވެ. އަދި އެއީ 3000 ކިލޯމީޓަރުގެ ރާސްތާގެ މިސައިލްއެއް ކަމަށެވެ.
މި މިސައިލްގެ ރޭންޖެ ކަވަރޭޖް އިން ޕެސިފިކްގަ އާއި އޭޝިޔާގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ހަމަލާ ދެވެ އެވެ. އެވަރުގެ ރޭންޖެއް ކަވަރ ކުރެވޭ ވަރުގެ ބާރު އެ މިސައިލްގައި ވަނީ ފައްކާކޮށްފައެވެ.
މި މިސައިލް ފޮނުވާލުމާއި ގުޅިގެން ހާމަ ކުރި މައުލޫމާތުގައި، ދެކުނު ކޮރެއާގެ ރޭޑާއަށް މި މިސައިލް ފާހަގަ ނުކުރެވުނު ކަމަށް ބައެއް ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. ނަމަވެސް އުތުރު ކޮރިޔާގެ މަތީގައި އޮންނަ އެމެރިކާގެ އިންޓެލިޖެންސް ސެޓެލައިޓްގެ ރޭޑާ ސިސްޓަމަށް އެރިކަމަށް އޮފިޝަލުން ވިދާޅުވި އެވެ.