ތަރިކަ

ހިރިގަލު މަސައްކަތުގެ މައުރަޒެއް ހެރިޓޭޖާއި އެމްއެންޑީއެފުން ބާއްވަނީ

Apr 28, 2016

ހިރިގަލު މިސްކިތްތަކުގެ ކުރެހުންތައް ދައްކާލުމަށްޓަކައި "ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް" ނަމުގައި މައުރަޒެއް ބޭއްވުމުގެ އެއްބަސްވުމުގައި އެމްއެންޑީއެފާއި ހެރިޓޭޖް ޑިޕާޓްމަންޓުން ސޮއިކޮށްފި އެވެ.

ހެރިޓޭޖް ޑިޕާޓްމެންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ، މިލިޓަރީ އިންޖިނިއަސްގެ އޮފިސާ ކޮމާންޑިން ކެޕްޓަން އަޙްމަދު ޝާރިމްއެވެ. ހެރިޓޭޖް ޑިޕާރޓްމަންޓުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޢަބްދުއް ސަމީއު ޙަސަނެވެ. މީގެ އިތުރުން، މިއެއްބަސްވުމުގައި، ރާއްޖޭގައި ހިރިގަލުގެ މިސްކިތްތަކުގެ ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ މައުރޫފް ޖަމީލްވެސް ވަނީ ސޮއިކުރެއްވި އެވެ.

މި އެއްބަސްވުމުގެ ދަށުން، މައުރަޒުގައި ޑިސްޕްލޭ ކުރާ ބައިތަކުގެ ތެރެއިން، މާލޭ ހުކުރު މިސްކިތުގެ އާކިޓެކްޗަރަލް ކުރެހުންތަކުގެ އިތުރުން ޑިސްޕްލޭ ފޮޓޯތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ އާކިޓެކްޗަރުންގެ އެހީތެރިކަމާއެކު އެވެ.\

މި މައުރަޒު ބާއްވާ ތާރީހު އަދި އާންމެއް ނުކުރެ އެވެ.