ދިވެހި ސިވިލް ސާވިސް ޒަމާނާ އެއްގޮތަށް ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންކަމާމެދު ދިރާސާތައްކޮށް މަޝްވަރާ ކުރުމަށްޓަކައި ބާއްވާ ދެ ވަނަ ކޮންފަރެންސް އަންނަ މަހު ފަށާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ. މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މެއި މަހު 11 އިން 12 އަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ އަހަރީ ދުވަހާއި ގުޅިގެން އެކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ނެރުނު ހިތާބެއްގައި ވިދާޅުވީ މި ކޮންފަރެންސްގައި ސިވިލް ސާވިސްގެ ހިދުމަތްތައް ކުރިއަރުވައި ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނަށް މިހާތަނަށް ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އިބްރަތް ހާސިލްކޮށް ދިވެހި މުޖްމަތައަކީ ނޮލެޖް ސޮސައިޓީއަކަށް ހެދުމަށާއި އަދި ޑިޖިޓަލް އިކޮނޮމީއެއް ބިނާކޮށް، ތިމާވެއްޓާއި ރަހުމަތްތެރި ހިންގުމުގެ ނިޒާމް ބިނާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
ސިވިލް ސާވިވިސްގެ މުވައްޒަފުންނަކީ ގިނަ މަސައްކަތްތަކެއް ކުރަން ދަންނަ ތަފާތު ހުނަރު ލިބިގެންވާ ހިންގުންތެރި ބަޔަކަށް ހެދުމަށް މިދިޔަ އަހަރުގެ ތެރޭގައިވަނީ "ހައިބްރައިޑް މޮޑެލް" ތައާރަފުކޮށްފަ އެވެ. އަދި އެކަމާއި ބެހޭގޮތުން މުވައްޒަފުންނަށް ހާއްސަ ތަމްރީނުތަކެއް ދޭންވެސް ވަނީ ފަށާފަ އެވެ.
މިއަދަކީ ސިވިލް ސާވިސްގެ އަށް ވަނަ އަހަރީ ދުވަހެވެ.