މުޒާހަރާ

މޭޑޭގެ ހިނގާލުން ހުއްޓުވައިފި

މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މަދަނީ ޖަމިއްޔާތަކުން ބޭއްވި "މޭޑޭ ހިނގާލުން" ފުލުހުން ހުއްޓުވައިފި އެވެ.

މަދަނީ ޖަމިއްޔާތަކުން ބޭއްވި މި ހިނގާލުން ސޯޝަލް ސެންޓަރު ކައިރިން ފެށިއިރު ފުލުހުން ވަނީ ހިނގާލުން ކުރިޔަށް ދިޔަނުދިނުމަށް ބެރިކެޑް ޖަހައި މަގު ބަންދުކޮށްފަ އެވެ. މި ހިނގާލުމުގައި މަގުތަކަށް ނުކުތުން މަނާކޮށް ފުލުހުން ހުއްޓުވި އިރު ފުލުހުން އިއްޔެ ބުނެފައި ވަނީ މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށް ވެފައި ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރަން ޖެހުމުން އެއްގަމު ދަތުރުތަކުގެ ނިޒާމަށް ދަތިތައް ފޯރައި ހިނގާބިނގާވާ ފަރާތްތަކަށް ދަތިތައް ފޯރާތީ މޭޑޭގައި އެއްވެސް ހިނގާލުމެއް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

މިއަދު ބޭއްވި އެއްވުމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އަދި ޓޭމްގެ އިތުރު ހަތަރު ޖަމިއްޔާތަކުން ބައިވެރިވެފައިވާ އިރު މައިގަނޑު ގޮތެއްގައި އެފަރާތްތަކުން ގޮވާލާފައި ވަނީ މިނިވަން ވޭޖް ގާއިމް ކުރުމަށާއި، ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ދިނުމަށާއި މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށް، ކުލިތަކުގެ އަގު ކުޑަ ކުރުމަށެވެ. މިއަދު ބޭއްވި އެއްވުމަށް ނުކުމެފައި ވަނީ ވެސް މަދު ބައެކެވެ.