ޕްރޮމޯޝަން

ތިން ލައްކަ ރުފިޔާ ލިބޭ "އެންމެ ސަޅި ރޯދަ ސޭލް" ފަށައިފި

ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި 300،000 ރުފިޔާ ލިބޭ "އެންމެ ސަޅި ރޯދަ ސޭލް" ޕްރޮމޯޝަން އޭސް ހާޑް ވެއާ އަދި ކަލާ ބޭންކް ގުޅިގެން ފަށައިފި އެވެ.

މިއަދުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވުމަށް އޭސް ހާޑްވެއާ އަދި ކަލާ ބޭންކުން ކުރާ ކޮންމެ 299 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.

މި ޕްރޮމޯޝަންގައި ރޯދަ މަހަށް ހާއްސަ ތަކެއްޗާއި އެހެނިހެން ވައްތަރުގެ މުދަލުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި ގަންނަ ކޮންމެ ކުލަ ދަޅަކާއެކު އިތުރު ދަޅެއް ހިލޭ އޭސް ހާޑްވެއާއިން ލިބޭއިރު ކަލާ ބޭންކުން ގަން ކުލަ ދަޅަކާއެކު ކުލަ ލާން ބޭނުންކުރާ ރޯލާ ނުވަތަ ފިހި ހިލޭ ލިބޭނެ އެވެ.

އޭސް ހާޑްވެއާ ރާއްޖޭގައި ލޯންޗްކޮށްފައިވަނީ މީގެ ހަތަރު އަހަރު ކުރިން 15 ޑިސެމްބަރު 2011ގަ އެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރީއެކެވެ. އޭސް ހާޑްވެއާއަކީ އެއް ތަނަކުން ގިނަ ބާވަތެއްގެ މުދާ ލިބޭ ތަނެކެވެ.

ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަލާ ބޭންކް ލޯންޗްކޮށްފައިވަނީ 1994 ވަނަ އަހަރު އެވެ. މިއަދު ކަލާ ބޭންކް އަކީ ދުނިޔޭގެ ނަން މަޝްހޫރު ކުލަ ބްރޭންޑްތަކުގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އޭގެތެރެއިން އެއްގަމު އުޅަނދުތަކުގައިލުމަށް ހާއްސަ އެކްޒޮނޯބެލްގެ ސިކެންސް، މަތިންދާ ބޯޓްތަކަށް އެކްޒޮނޯބެލްގެ އެއިރޯސްޕޭސް ކޯޓިން، ކަނޑު އުޅަނދުތަކަށް ޖޯޓުން އަދި ގޭތެރެއަށާއި އިމާރާތްތަކުގައިލުމަށް ހާއްސަ ކްރައުން ޕެއިންޓްސް ފާހަގަކޮށްލެވެ އެވެ.