އިންފްލޭޝަން

މިދިޔަ އަހަރު ބާޒާރުގެ އަގުތައް ވަނީ ދަށަށް ގޮސްފައި: މަރުކަޒީ ބޭންކް

May 2, 2016
ރެޑްވޭވްސް ފިހާރާއެއް: މި އަހަރު އެންމެ ގިނަ ފައިސާގެ އިނާމު ހިމެނޭ-
0%
0%
0%

މިދިޔަ އަހަރު ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ދަށަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ފެށިިއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 1.6 ޕަސެންޓްގަ އެވެ. ނަމަވެސް އަހަރު ނިމުނުއިރު އިންފޭޝަން ރޭޓް ވަނީ 1.4 ޕަސެންޓަށް ވެއްޓިފަ އެވެ.

މުދަލުގެ އަގުތައް ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވޭތުވެދިޔަ 10 އަހަރު ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ނުދާވަރަށް އަގުތައް ދަށަށް ދިއުން ހިމެނެ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ކާނާގެ ބާވަތްތަކާއި މަސް ހިމަނައިގެން ބަލާނަމަ ރާއްޖޭގެ އިންފްލޭޝަން އުޅެނީ ފަސް ޕަސެންޓް ދަށުގަ އެވެ. އަދި މިދިޔަ އަހަރާއި އޭގެ ކުރީ އަހަރާ ދެމެދު ރާއްޖޭގެ ބާޒާރުގައި ވަކިވަކި ދާއިރާގައި އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ދެ އަހަރު ތެރޭގައި ހައުސިން އާއި ޔޫޓިލިޓީސްގެ އަގުތައް ހުރީ 2.4 ޕަސެންޓުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910