މޯލްޑިވްސް ޕޮލިސް ސާވިސް

ގާނޫނުގެ އިމުން ބޭރުވާ ފުލުހުންނަށް ފިޔަވަޅު އަޅާނެ: އަރީފު

May 3, 2016
1

ކޮންމެ ފުލުހަކީ ގާނޫނީ މަސްއޫލިއްޔަތެއް ގާނޫނީ އިމުގެ ތެރެއިން އަދާކުރާ މީހެއް ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފުވެ ގާނޫނީ އިމުން ބޭރުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ ކަންކަން އިންތިޒާމު ކުރުމުގައި ބައިވެރިވި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރަން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަރީފު ވިދާޅުވި ގޮތުގައި ފުލުހުން އަބަދުވެސް ޚިދުމަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ގާނޫނާއި ގަވައިދުތައް ދަމަހައްޓާ ބައެއްގެ ގޮތުގައި ކަމަށާއި ފުލުހެއްގެ މަސައްކަތް ފުރިހަމަ ގޮތުގައި އަދާކުރާއިރު އަދި ފުލުުންގެ ދައުރު އަދާކުރާއިރު ގާނޫނީ ކަންކަމަށް އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި ޤާނޫނީ އިމުގެ ބޭރުން ފުލުހަކު ކަންކަން ކުރާނަމަ އެ ފުލުހަކާމެދު ފިޔަވަޅު އަޅާނެކަމަށާއި މިހާރުވެސް އަޅަމުން އަންނަ ކަމަށެވެ.