ދުނިޔެ

ޓައިވާންގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި ބައެއް މީހުން މަރުވެއްޖެ

ޓައިވާންގެ މަތިންދާބޯޓެއް މިއަދު ހެނދުނު ވެއްޓި އެއިން ދަތުރުކުރި ބައެއް މީހުން މަރުވެއްޖެ އެވެ.

ޓްރާންސް އޭޝިއާ ނަމަކަށް ކިޔާ އެ އެއާލައިންގެ މަތިންދާބޯޓު ޓައިވާންގެ ކޯރަކަށް ވެއްޓިފައިވަނީ ތައިޕޭ އެއާޕޯޓުން ފުރައިގެން ޗައިނާ ކައިރީގައި އޮންނަ ކިންމެން އައިލެންޑްސަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ ބޯޓު ވެއްޓެނީ ދިމާވީ ބްރިޖެއްގައި ޖެހި ބޯޓުގެ ކޮންޓްރޯލް ގެއްލިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.