ވިޔަފާރި

ސަރުކާރު ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީއަކަށް ޝަރާހަތު

ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސައިފި އެވެ.

މި މަގާމަހަށް ހަމަޖައްސާފައިވަނީ ހ. ކެލީމާ ވިލާ، އައިމިނަތު ޝަރާހަތު އެވެ.

އިސްލާމިކް ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ގާއިމުކޮށް ސަރުކާރުން އިސްލާމިކް ފައިނޭންސް މެދުވެރިކޮށް ފައިސާ ހޯދަން އުފައްދާފައިވާ "ހަޒާނާ މޯލްޑިވްސް" ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަރާހަތު ހަމަޖައްސާފައިވާކަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ވަނީ ރަސްމީކޮށް އަންގާފަ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ހެދި މި ކުންފުނީގެ ރައުސްމާލަކީ، ދިހަ ރުފިޔާގެ 100 މިލިއަން ރުފިޔާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިއަން ރުފިޔާ އެވެ. އަދި މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކޮށް ދައުވާ ލިބިގަތުމުގެ ބާރު ލިބޭ ގޮތަށް އުފެއްދި ކުންފުންޏެކެވެ.

ސަރުކާރުން ދަނީ ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ މެލޭޝިޔާ އަށް ޒިޔާރަތްކޮށް މިކަމުގެ މަޝްވަރާތަކެއްވެސް ކޮށްފަ އެވެ.