ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ ދަރަނި

ރާއްޖޭން ބަންގްލަދޭޝް އަތުން ލޯނު ނަގަނީ

Dec 4, 2021
2
ނައިބު ރައީސް ފައިސަލް ނަސީމު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާއެކު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖެ، ބަންގްލަދޭޝް އިން ލޯނެއް ނަގަން އެދިފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނެފި އެވެ.

ބަންގްލަދޭޝަންގެ ބައެއް ނޫސްތަކުން އެ ގައުމުގެ މަރުކަޒީ ބަންގްލަދޭޝް ބޭންކު (ބީބީ) ގެ ގަވަރުނަރު ފަޒްލީ ކަބީރާ ހަވާލާދީ ބުނެފައިވާ ގޮތުން ރާއްޖޭން ވަނީ ލޯނަކަށް އެދިފަ އެވެ. ނަމަވެސް ދޭން އެދިފައި ވަނީ ކިހާ ވަރެއްގެ ލޯނެއް ކަމެއް އެ ގައުމުން ބުނެފައެއް ނުވެ އެވެ.

ބަންގްލަދޭހުން ލޯނެއް ނަގަން ރާއްޖޭން ވާހަކަ ދައްކަމުން ދާއިރު ދާދި ފަހުން ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ވަނީ އެ ގައުމަށް ޒިޔާރަތްކޮށްފަ އެވެ.

ބަންގްލަދޭޝް އިން ދަނީ ބައެއް ގައުމުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން މިދިޔަ އޮގަސްޓް މަހު އެ ގައުމާއި ސްރީލަންކާއާމެދު 250 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމް ކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އާމްދަނީއަށް އަސަރު ކޮށްފައިވުމާއެކު ރާއްޖޭން ދަނީ އާމްދަނީ ހޯދަން ދަރަނި ނަގަމުންނެވެ. އަންނަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި ސޮވްރިން ގެރެންޓީ ހިމަނައިގެން 100 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފައިވެ އެވެ. މި ދަރަނީގެ ބޮޑުބައެއް އަވަށްޓެރި އިންޑިއާ ހިއްސާ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910