ވިޔަފާރި

މުސްލިމް ފްރެންޓްލީ ޓްރެވަލް ރޭޓިން ލިބުނު ފުރަތަމަ ހޮޓަލަށް ޖެން

Feb 26, 2022
1
ޖެން ހޮޓެލްއަށް ރޭޓިންގެ ލިއުން ހަވާލު ކޮށްދެނީ -- ފޮޓޯ: މޯލްޑިވް ހަލާލް ޓްރެވަލް
0%
0%
0%

މުސްލިކް ފްރެންޑްލީ ޓްރެވަލް ރޭޓިން (އެމްއެފްޓީއާރު) ލިބުނު ރާއްޖޭގެ ފުރަތަމަ ހޮޓަލަކަށް ޝަންގްރިއްލާ އިން މާލޭގައި ހިންގާ ޖެން ހޮޓެލް ވެއްޖެ އެވެ.

އެމްއެފްޓީއާރު ސެޓްފިކެޓް ހޮޓެލް ޖެންއަށް ހަވާލުކޮށް ދެއްވީ ހަލާލް ޓޫރިޒަމް ޕްރޮމޯޓް ކުރަން ހަރަކާތްތެރިވާ ކުންފުނި، މޯލްޑިވް ހަލާލް ޓްރެވަލްގެ ކޯފައުންޑަރު، ޑރ. ހުސެއިން ސަނީ އުމަރު އެވެ.

ހަލާލް ޓްރެވަލް އަދި ޓޫރިޒަމް ޕްރޮމޯޓް ކުރަން މަސައްކަތް ކުރާ މޯލްޑިވް ހަލާލް ޓްރެވަލް އިން ދޭ މި ރޭޓިން ދެނީ ހާއްސަ ކަންތައްތަކަށް ބެލުމަށްފަހު އެވެ. މީގެ ތެރޭގައި ހަލާލް ފުޑު ހުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމު ހުރުން
އަދި މި ނޫން ވެސް އިތުރު ކަންކަން ފުރިހަމަ ވާން ޖެހެ އެވެ.

މި ހުރިހާ ކަމަކަށް ބަލައި ޖެން ހޮޓެލްއަށް ވަނީ ފައިވް ސްޓާ ލިބިފަ އެވެ. މި ސެޓްފިކެޓް ލިބުމަކީ މުސްލިމް ޓްރެވަލާސް އަށް ޓޫރިޒަމް ޕްރޮޕަޓީ އިޝްތިހާރު ކުރަން ލިބިގެންދާނެ ފުރުސަތަކެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345