ވިޔަފާރި

އިތުރު އެލަވަންސްތައް ލިބޭ ޕޯސްޓްޕެއިޑް ތިން ޕެކޭޖް ދިރާގުން ތައާރަފްކޮށްފި

ދިރާގުގެ ޕޯސްޓްޕެއިޑްގެ ހިދުމަތުގެ ތެރެއިން ހެޔޮ އަގުތަކަކާއިއެކު މުޅިން އާ ތިން ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފިއެވެ. އެއީ ސްމާޓް 299، ސްމާޓް 499، އަދި ސްމާޓް 899 އެވެ.

ދިރާގުން ބުނީ އަލަށް ތަޢާރަފް ކުރި ސްމާޓް 899 ޕެކޭޖުގައި ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް ގުޅުމަށް ހިލޭ 5000 މިނެޓާއި، ދިރާގު ނަންބަރުތަކަށް 3000 އެސްއެމްއެސް ހިލޭ ކުރެވޭނެ ކަމަށާއި ހިލޭ ޑާޓާގެ ގޮތުގައި 6.5 ޖީބީ ލިބޭނެ ކަމަށެވެ. ސްމާޓް 499 ގެ ޕެކޭޖުގައި ހުރިހާ ނެޓްވޯކްތަކަށް ގުޅުމަށް 2500 މިނިޓުގެ އިތުރުން ދިރާގު ނަންބަރުތަކަށް 1000 އެސްއެމްއެސް ހިލޭ ކުރެވޭނެ ކަމަށާއި އަދި ދެ ޖީބީ ހިލޭ ޑާޓާ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ސްމާޓް 299 ގެ ޕެކޭޖާއިއެކު 1500 މިނެޓާއި، 500 އެސްއެމްއެސް އާއި އެއް ޖީބީގެ ހިލޭ ޑޭޓާ އަދި ހިލޭ ގުޅޭނެ ތިން ނަންބަރެއް އިހުތިޔާރުކުރުމުގެ ފުރުސަތުވެސް ހުލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން އެސްއެމްއެސް އެއް މެދުވެރިކޮށް ހިލޭ ކުރައްވަން ބޭނުންފުޅުވާ ނަންބަރެއް އެކްޓިވޭޓު ކުރެއްވޭނެކަމަށެވެ. އަދި މިޕެކޭޖު މުޅި މަސްދުވަހަށް އެންމެ 29ރ އަށް ނަންބަރު އެޑްކުރެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް ހިދުމަތަށް އިތުރު ކުރެވިގެން މިދިޔަ ޕެކޭޖްތަކުގައި ހިލޭ ގުޅޭ ތިން ނަންބަރެއް އިޙްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާއިރު ސްމާޓް 299 ފިޔަވައި އެހެނިހެން ޕެކޭޖްތަކަށް މަހު ފީ ގެ ގޮތުގައި އިތުރު ޗާޖެއް ނެތި މި ހިދުމަތް ލިބޭނެ ކަމަށާއި މިއިން ކޮންމެ ޕެކޭޖަކާއި އެކު އެބޭފުޅަކު ބޭނުންފުޅުވާ ކޮންމެވެސް އެއް ގައުމަކަށް، އައިޑީޑީ ގެ %40 ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވ.