ހަބަރު

އަލިފުށީ ބައި އިލެކްޝަންގައި ވާދަ ކުރަން އެމްޑީޕީގެ މެންބަރުންނަށް ހުޅުވާލައިފި

Feb 4, 2015

ރ. އަލިފުށި ކައުންސިލް އިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަން ގައި ވާދަ ކުރަން އެމްޑީޕީގެ ޓިކެޓަށް އެދެން ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ އަލިފުށީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރަން ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ލޯކަލް ކައުންސިލް އިންތިޚާބްގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަވާ އެ ޕާޓީގެ މެންބަރުން މި މަހުގެ 12 ދުވަހާ ހަމައަށް އިލެކްޝަން ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމައްފަހު އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓަށް އަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.  

މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ޝަރުތު ހަމަވާ، ގިނަ ބޭފުޅުން ތިއްބެވި ނަމަ ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅާނީ 21 ފެބްރުއަރީގައި  ބާއްވާ ޕްރައިމަރީއަކުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެމްޑީޕީގެ އޮފީހުން ދޫކުރެ އެވެ.