ހަބަރު

ފެންފުށީ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

Feb 4, 2015

އދ. ފެންފުށީ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ހެރިޓޭޖް ޑިޕާޓްމެންޓުން ފަށައިފި އެވެ.

އެ ޑިޕާޓްމެންޓުން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ އެ މަސައްކަތަކީ ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތުގެ ދަށުން އެ ޑިޕާޓްމެންޓުގެ ޓީމެއް މިމަހުގެ ދެވަނަ ދުވަހު އެރަށަށް ގޮސް އެ މިސްކިތުގެ މަރާމާތުތައް ކުރުމާއި އެ މިސްކިތުގެ ވެވު ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފުތާއަށް ދިގު ދެމިގެންދާނެ ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ.