ބޭރު ކުޅިވަރު

ލެސްޓާގެ ކުޅުންތެރިން ކުލަބު ދޫކޮށްދާންވީ ޗެމްޕިއަންސް ލީގު ކުޅެފައި: ރަނިއޭރީ

އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީގެ ކުޅުންތެރި ކުލަބުދޫކޮށްދާންވީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކުޅުމަށްފަހު ކަމަށް ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.

އިނގިރޭސި ޗެމްޕިއަނުންގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިފައިވާ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ގަތުމަށް ބޮޑެތި ކުލަބުތަކުން މިހާރުވެސް ތިބީ ތައްޔާރަށެވެ.

"ކުޅުންތެރިންނަކީ ވިސްނުންތެރި ބައެއްނަމަ އެމީހުން އަހަރުމެންނާއެކު އިތުރު ސީޒަނަކު މަޑުކުރާނެ. އަހަރެން އެދެނީ ކުޅުންތެރިން ޗެމްޕިއަންސް ލީގު ކުޅުމުގެ ތަޖުރިބާ ލިބިގަތުމަށް. ޗެމްޕިއަންސް ލީގު އުނދަގޫވާނެ. އަހަރެންގެ ކުޅުންތެރިއަކު ކުލަބުން ދާން އަހަައިފިއްޔާ އަހަރެން ބުނާނީ މަޑުކުރާށޭ. ޗެމްޕިއަންސް ލީގުގައި އެމީހުން ދާންވީ،" އެވަޓަން ބަލިކޮށް ޕްރެމިއާ ލީގުގެ ތަށި އުފުލާލުމަށްފަހު ރަނިއޭރީ ބުންޏެވެ.

އޭނާ ބުނީ ސްޕޯޓަރުން އިތުރު ކާމިޔާބީތަކަކަށް އުއްމީދުކުރަންވީ ކަމަށާއި ނަމަވެސް "އަންނަ ސީޒަނުގައި ހުރިހާ ކަމެއްވެސް ބަދަލުވާނެ،" ކަމަށެވެ.