ޖަރުމަނު ބުންޑަސްލީގާގެ ތަށި ބަޔާން މިއުނިކުން ދިފާއުކޮށްފި އެވެ.
މިއީ ބަޔާން ތަށި ހޯދި 26 ވަނަ ފަހަރެވެ. އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު 33 މެޗުން 85 ޕޮއިންޓް ލިބިފަ އެވެ.
ސީޒަނުގައި ބާކީ ކޮންމެ ޓީމަކަށް ފަސް މެޗު އޮތްއިރު އެންމެ ގާތުން ވާދަކުރާ ބޮރޫޝިޔާ ޑޯޓްމުންޑަށް ލިބިފައިވަނީ 77 ޕޮއިންޓެވެ.
މިއީ ގަޑިއޯލާ ކޯޗުކަމާ ހަވާލުވުމަށް ޖެހު ޖެހިޖެހިގެން ލީގު ކާމިޔާބުކުރި ތިން ވަނަ ފަހަރުވެސްމެ އެވެ. ނަމަވެސް އޭނާގެ ތިން އަހަރުގައި ވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ކެޓުމަކީ ވަރަސް ބޮޑު ނާކާމިޔާބީއެއް ކަމަށް ޖަރުމަނުގެ ނޫސްވެރިން ބުނަމުންދާތީގެ ގާޑިއޯލާ ބަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީއާ ހަވާލުވާ ކޯޗު ބުނީ ޓީމުގެ މުހިންމު ކުޅުންތެރިން އަނިޔާގައި ގިނަ ދުވަހު ތިބެން ޖެހުނ އޭނާގެ ސަބަބުން ނޫން ކަމަށާއ އެއީ މެޑިކަލް ޓީމުގެ މައްސަލައެއް ކަމަށެވެ.
އަދި ބަޔާން އަށް ކާމިޔާބު ހޯދަން އޭނާ އަށް ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށާއި ޓީމަށް ކާމިޔާބު ލިބުމަށް ނޭދޭ މީހުން އަންނަ ސީޒަނުގައި ވެސް ބަޔާންގައި ތިބެދާނެ ކަމަށެވެ. އަދި އެފަދަ މީހުންނާއެކު މަސައްކަތްކޮށް ކާމިޔާބު ނުލިބުމަކީ އޭނާގެ މައްސަލައެއްނޫން ކަމަށާއި ނޫސްތަކުގައި އޭނާ ފެއިލްވެއްޖެކަމަށް ލިޔުމާމެދު ފަރުވާލެއް ނެތް ކަމަށެވެ.
ސްޕޭނުގެ ބާސެލޯނާގައި ޗެމްޕިއަންސް ލީގު ދެ ފަހަރު ނެތި ގާޑިއޯލާ އަށް މި ސީޒަނުގެ ޖަރުމަނު ކަޕް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ.