މުލި

މުލީ ސްކޫލްގެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށް މާލެ ގެނެސްފި

މ. މުލީ ސްކޫލްގައި ކިޔަވައިދެމުން އައި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި މާލެ ގެނެސްފި އެވެ. އޭނާ މާލެ ގެެނެސްފައިވަނީ މިއަދު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިމިގްރޭޝަންސް ކޮންޓްރޯލާއަށް ލިބިދޭ ބާރުގެ ދަށުން އިމްގިރޭޝަނުން އެދިގެން މުލީގައި ހުރި ބިދޭސީއަކު މާލެ ގެނެސްފައިވާ ކަމަށެވެ. މާލެ ގެނައުމަށް ފަހު އޭނާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ބިދޭސީ މީހާއަކީ މުލީ ސްކޫލްގައި އެކައުންޓް ކިޔަވައިދޭ އިންޑިއާގެ ރައްޔިތެކެވެ. އިމިގްރޭޝަނުގެ އެންގުމަކަށް އެމީހާ ފުލުހުން މާލެ ގެެނެސްފައިވާއިރު އޭނާގެ ވޯކް ވިސާ ވަނީ މިދިޔަ އަހަރު ހަމަވެފައި ކަމަށް މައުލޫމާތު ލިބެ އެވެ.