މ. މުލި ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރަކު މާރާމާރީއެއް ހިންގައިފި އެވެ.
މުލި ހޮސްޕިޓަލުގެ އޮޕެރޭޝަން ތިއޭޓަރުގައި ހިނގި މާރާމާރީގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަރުވަމުން އެބަ ދެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ޑޮކްޓަރުންގެ މޫނުމައްޗާއި ނޭފަތުން ލޭ އޮހޮރެ އެވެ. އެކަމަކު ޑޮކްޓަރުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުލިބެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ތެރޭގައި މާރާމާރީއެއް ހިންގައިގެން އުޅެނީ އިންޑިއާގެ ޑޮކްޓަރަކާއި ނޭޕާލުގެ ޑޮކްޓަރެއްގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި ކަމަށެވެ. އޭގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:45 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.