ހަބަރު

މުލީގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މ. މުލީގެ ބޭސް ފިހާރައެއްގައި މަސައްކަތް ކުރާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:00 އެހާކަންހާއިރު ކަމަށާއި ހަމަލާ ދީފައިވަނީ އެރަށު ފާމަސީއެއްގައި މަސައްކަތް ކުރާ ބިދޭސީ ފާމަސިސްޓަކަށް ކަމަށެވެ. އެ މީހާއަކީ އިންޑިއާގެ 31 އަހަރުގެ ރައްޔިތެކެވެ. ހަމަލާއަށް ފަހު އޭނާއަށް މިހާރު އަންނަނީ މުލީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މުލީން މައުލޫމާތު ދިން މީހަކު ބުނީ، ހަމަލާ ދީފައިވަނީ އެ ރަށުގެ އެޕަލް ފާމަސީގެ ތެރެއިން ކަމަށާއި ހަމަލާދީފައިވަނީ އޭނާގެ ވާތު އުޅޮނބޮއްޓަށް ކަމަށެވެ.