ބޭރު ކުޅިވަރު

ފަހު ވަގުތު ޕީއެސްވީ ތަށި ހޯދައިފި

ނެދަލޭންޑްސް ލީގު ޗެމްޕިއަންކަން އެންމެ ފަހު މެޗުގައި ޕީއެސްވީ އެއިންދޯވަން ހޯދައިފި އެވެ.

އެ ޓީމަށް ޗެމްޕިއަންކަން ލިބުނީ ޓޭބަލުގެ އެއްވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އަޔެކްސް ކުޅުނު މެޗު އެއްވަރުވުމުންެނެވެ.

މިއީ މަޝްހޫރު ފްރޭންޑް ޑިބޯ ކޯޗުކޮށްދެމުން އައި އަޔެކްސް އަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އެ ޓީމަށް ލިބިފައި އޮތް ބޮޑު ލީޑު ގެއްލުނީ އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް އެއްވަރުވުމުންނެވެ.

ޕީއެސްވީގެ ކޯޗު ޕިލިޕް ކޮކޫ ބުނީ އޭނާގެ ފިލޯސަފީ އަކީ އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނައިގެން ކުރިއަށް ދިއުން ކަމަށާއި ކާމިޔާބު ލިބުނީ އެވިސްނުމުގައި ކުޅުންތެރިން މަސައްކަތް ކުރުމުން ކަމަށެވެ.

"އަހަރުމެން އެންމެ ރަނގަޅު ހާލަތުގައި ނެތަސް އަހަރެންގެ ފިލޯސަޕީއަކީ ޕޮޒިޓިވްކޮށް ވިސްނައިގެން ކުރިއަށްދިއުން. އަހަރުމެންނަށް ހަގީގަތުގައި އޮތީ ވަރަށް ހަނި ފުރުސަތެއް. އެކަމަކު ހަނި ފުރުސަތަކީ ވެސް އޮތް ފުރުސަތެއް،" ކޯޗު ބުންޏެވެ.