ހަބަރު

ތުރާކުނު ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

Feb 5, 2015

ހއ. ތުރާކުނުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި އެވެ.

ރަށު ކައުންސިލާއި އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީގައި ކުރިޔަށް ގެންދާ މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

މި މަސައްކަތް ކުރިޔަށް ގެންދަނީ އަލްޓެކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަސައްކަތް މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ނިންމަން ޖެހެ އެވެ. މި މަޝްރޫއުގައި ތުރާކުނު ނަރުދަމާގެ ހޮޅި އަޅައި ސްވޭޖް ޕަމްޕްތައް ބަހައްޓާނެ އެވެ. އަދި އައުޓްފޯލް ސިސްޓަމް ގާއިމް ކުރާއިރު ފެން ޕްލާންޓާއި ސްޓޯރޭޖެ ޓޭންކާއި އިދާރީ އިމާރާތާއި އިންޓޭންކާއި އައުޓްފޯލް ހޮޅި އެޅުމާއި ނެޓްވޯކް ގާއިމް ކުރާނެ އެވެ.