އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްއިން ޖޫން މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޖޫން މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޖޫން އިންޓޭކަށް މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިމަހުގެ 31 ވަނަ ދުވަހުގެ އެކެއް ޖެހުމާއި ހަމައަށް ކުރިމަތިލެވޭނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.

އެޔުނިވާސިޓީން ޖޫން މަހު ފަށާ ކޯސްތަކުގެ ތެރޭގައި ޑޮކްޓަރޭޓް ޕްރޮގްރާމްގެ ކޯހަކާ އެކު 36 ކޯހެއް ފަށަން ވަނީ ނިންމާފަ އެވެ. މާސްޓާސް ޑިގްރީގެ ހަ ކޯހަކާއި، ޑިގްރީ ކޯސްތަކާއި ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ވެސް ހިމެނެ އެވެ.