ހަބަރު

ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑި ކަނޑައަޅައިފި

ރޯދަމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުވައްފި އެވެ.

ރައީސް އޮފީހުން ބުނީ، ރަސްމީ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށެވެ. އަދި، މިއަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީވެސް ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް ކަމުގައި ވެސް ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.

މިގޮތަށް މިއަހަރުގެ ރޯދަމަހުގެ ރަސްމީ ގަޑި ހަމަޖެއްސެވުމާ ގުޅިގެން، ރަސްމީ ގަޑިއަށް ފައްތައިގެން މަސައްކަތްތައް ރޭއްވެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.